For faster navigation, this Iframe is preloading the Wikiwand page for އޮސްޓްރިއާ.

އޮސްޓްރިއާ

Republic of Austria
Republik Österreich
Flag of Austria
Flag
Coat of arms of Austria
Coat of arms
ގައުމީ ސަލާމް: Land der Berge, Land am Strome  (German)
Land of Mountains, Land by the River
Location of އޮސްޓްރިއާ (dark green) – in Europe (light green & dark grey) – in the European Union (light green)  –  [Legend]
Location of އޮސްޓްރިއާ (dark green)

– in Europe (light green & dark grey)
– in the European Union (light green)  –  [Legend]

ވެރިރަށް
and largest city
Vienna
ރަސްމީ ބަސްތައްGerman[1]
އާންމު ސަރަހައްދީ ބަސްތައްSlovene, Croatian, and Hungarian
ނަސްލު ގުރޫޕުތައް
82.5% Austrians[2]
ޑިމޮނިމްAustrian
ސަރުކާރުFederal Parliamentary republic
• President
Alexander Van der Bellen
• Chancellor
Karl Nehammer
Independence
• Austrian State Treaty in force
July 27, 1955 (Duchy: 1156, Austrian Empire: 1804, First Austrian Republic: 1918−1938, Second Republic since 1945)
ސަރަޙައްދު
• Total
83,883 km2 (32,387 sq mi)
• Water (%)
1.7
އާބާދީ
• 2023 census
9,104,772
• Density
109/km2 (282.3/sq mi) (78th)
ޖީޑީޕީ (ޕީޕީޕީ)2008 estimate
• ޖުމްލަ
$330.669 billion[3] (34th)
• ބޮލަކަށް ޖެހެނީ
$39,887[3] (12th)
ޖީޑީޕީ (nominal)2008 estimate
• ޖުމްލަ
$414.828 billion[3] (23rd)
• ބޮލަކަށް ޖެހެނީ
$50,039[3] (12th)
ޖިނީ (2000)29.1
low
އެޗްޑީއައި (2007) 0.955[4]
Error: Invalid HDI value (14th)
ފައިސާEuro (€) ² (EUR)
ޓައިމް ޒޯންފަންވަތް:Tz
• ސަމާ (ޑީއެސްޓީ)
ފަންވަތް:Tz
ކޯލް ކޯޑް43
އައިއެސްއޯ 3166 ކޯޑްAT
އިންޓަރނެޓް ޓީއެލްޑީ.at ³
  1. Slovene, Croatian, Hungarian are officially recognised regional languages and Austrian Sign Language is a protected minority language throughout the country.
  2. Euro since 1 Jan 1999 virtual, since 1 Jan 2002 real currency; before: Austrian Schilling.
  3. The .eu domain is also used, as it is shared with other European Union member states.

އޮސްޓްރިޔާއަކީ މެދުތެރޭ ޔޫރަޕު ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް

[އުނިއިތުރު ގެންނަވާ]

އޮސްޓްރިޔާގެ ރަސްމީ ބަހަކީ ޖަރުމަނު ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ އޮސްޓްރިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ވިއެނާއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. އޮސްޓްރިޔާއަކީ ފެޑެރަލް ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 8 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 93 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 83883 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ at. އެވެ. ކޯލިން ކޯޑަކީ +43 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

އޮސްޓްރިޔާގެ މާނައަކީ އިރުމަތީ ވެރިކަމެވެ.

އޮސްޓްރިޔާއަކީ ބިންބަންދު ޤައުމެކެވެ. އޮސްޓްރިޔާގެ އުތުރުގައި އޮތީ ޖަރުމަނާއި ޗެކް ރިޕަބްލިކެވެ. އިރުމަތީގައި އޮތީ ސްލޮވާކިޔާ އާއި ހަންގޭރީއެވެ. ދެކުނުގައި އޮތީ ސްލޮވީނިޔާ އާއި އިޓަލީއެވެ. ހުޅަނގުގައި އޮތީ ސުވިޒަލޭންޑާއި ލީކްތަންސްޓައިނެވެ.

އޮސްޓްރިޔާގައި ރޯމަނުންގެ ވެރިކަމުގެ ބާރު ކެނޑުމަށް ފަހުގައި ބަވާރީންނާއި ސްލާވުންނާއި އަވާރުން މި ސަރަޙައްދުގެ މައްޗަށް އެމީހުންގެ ބާރު ފޯރުވުމަށް މަސައްކަތްކޮށްފައިވެއެވެ. ނަޞާރާ ދީން އޮސްޓްރިޔާއަށް ތަޢާރަފު ކުރެވިފައިވަނީ މީލާދީން 8 ވަނަ ޤަރުނުގެ ތެރޭގައެވެ. އޮސްޓްރިޔާގެ ނަން އެންމެ ފުރަތަމައަށް ލިޔުމެއްގައި ޑޮކިއުމެންޓްކުރެވިފައިވަނީ މީލާދީން 996 ގައެވެ. އޮސްޓްރިޔާގެ ތާރީޚަށް ބަލާއިރު މީލާދީން 1156 އިން ފެށިގެން އޮސްޓްރިޔާ އޮތީ ޑަޗީއެއްގެ ގޮތުގައެވެ. މީލާދީން 1804 ވަނަ އަހަރާ ހަމައިގައި އޮސްޓްރިޔަން އެމްޕަޔަރގެ ގޮތުގައި ފާޅުވިއެވެ. އޮސްޓްރިޔާގެ ފުރަތަމަ ޖުމްހޫރިއްޔާ ޤާއިމުވެފައިވަނީ މީލާދީން 1918 ވަނަ އަހަރުގައެވެ. އެ ޖުމްހޫރިއްޔާ ވަނީ 1938 ހިސާބުގައި އުވިގެން ގޮސްފައެވެ. އޭގެ ފަހުން ދެވަނަ ޖުމްހޫރިއްޔާއެއް ޤާއިމުވެފައިވަނީ 1945 ގައެވެ. އޮސްޓްރިޔާއިން ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވީ 1 ޖަނަވަރީ 1995 ގައެވެ.

ޑެމޮގްރަފިކްސް

[އުނިއިތުރު ގެންނަވާ]

އޮސްޓްރިޔާގެ އާބާދީގެ ގާތްގަނޑަކަށް 25% މީހުން ދިރިއުޅެނީ ވެރިރަށް ވިއެނާ ކައިރީގައެވެ. އޮސްޓްރިޔާގެ ރަސްމީ ބަސް ކަމުގައިވާ ޖަރުމަނު ބަހުން، އެ ޤައުމުގެ އާބާދީގެ 88.6% މީހުން ވާހަކަ ދައްކައެވެ. ތުރުކީ ބަހުން ވާހަކަ ދައްކާ މީހުންގެ ނިސްބަތަކީ 2.3% އެވެ. ސާބިޔަން ބަހުން 2.2% މީހުން ވާހަކަދައްކާއިރު ކްރޮއޭޝިޔަން ބަހުން 1.6% މީހުން ވާހަކަ ދައްކައެވެ. ހަންގޭރީ ބަހުން 0.5% މީހުން، ބޮސްނިޔަން ބަހުން 0.4% މީހުން ވާހަކަ ދައްކައެވެ. 20 ވަނަ ޤަރުނު ނިމިގެން ދިޔަ އިރު އޮސްޓްރިޔާގައި ރަޖިސްޓްރީވެފައި ތިބި ރޯމަން ކެތަލިކް ކްރިސްޓިޔަނުންގެ ނިސްބަތަކީ 74% އެވެ. އޮސްޓްރިޔާގެ 5% މީހުންނަކީ ޕްރޮޓެސްޓެންޓް ކްރިސްޓިޔަނުންނެވެ. އޮސްޓްރިޔާގެ އާބާދީގެ 12% މީހުން، އެއްވެސް ދީނަކަށް ތަބާ ނުވާ ކަމަށް ބުނާއިރު، 340000 މުސްލިމުން މި ޤައުމުގައި ދިރިއުޅެއެވެ. މިއީ މުސްލިމުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ޢަދަދެވެ. އޮސްޓްރިޔާގެ އާބާދީގެ ތެރެއިން 8% މީހުންނަކީ އިލާހަކުވާކަމަށް ޤަބޫލުނުކުރާ މީހުންނެވެ.

ބަހާއި ސަގާފަތުގެ ގޮތުން އޮސްޓްރިޔާއާ އެންމެ ގާތް ޤައުމަކީ ޖަރުމަނެވެ. މިއުޒިކުގެ ގޮތުން ބަލާއިރުގައި އޮސްޓްރިޔާއަކީ ވަރަށް ފާހަގަކޮށްލެވޭ ޤައުމެކެވެ. ޔޫރަޕުގެ މަޝްހޫރު ސަންގީތުކާރުންގެ ތެރޭގައި އޮސްޓްރިޔާގެ ފައްނާނުން ހިމެނޭ ކަމީ މިކަމުގެ ހެތްކެކެވެ. އޮސްޓްރިޔާގެ ކެއުންތައް އައިސްފައިވަނީ އޮސްޓްރޯ-ހަންގޭރިޔަން އެމްޕަޔަރގެ ޒަމާނުން ފެށިގެންނެވެ.

އޮސްޓްރިޔާއަކީ ޖީ.ޑީ.ޕީއަށް ބަލާއިރުގައި ދުނިޔޭގެ އެންމެ މުއްސަނދި 12 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އޮސްޓްރިޔާގައި އޮންނަނީ ވަރަށް ވެސް ބޮޑަށް ތަރައްޤީވެފައިވާ ސޯޝަލް މާކެޓް އިކޮނޮމީއެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 8634 ޑޮލަރެވެ.

  1. "Austria". Encyclopædia Britannica. Encyclopædia Britannica Online. 2009-05-31. Retrieved 2009-05-31.
  2. According to the [1] the percentage of ethnic Austrians in Austria is 82.5% meaning there are 6,794,714 ethnic Austrians in Austria.
  3. 3.0 3.1 3.2 3.3 "Austria". International Monetary Fund. Retrieved 2009-10-01.
  4. Human Development Report 2009. The United Nations.
{{bottomLinkPreText}} {{bottomLinkText}}
އޮސްޓްރިއާ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?