For faster navigation, this Iframe is preloading the Wikiwand page for އިސްރާއީލު.

އިސްރާއީލު

State of Israel
מְדִינַת יִשְׂרָאֵל ފަންވަތް:He icon
Medīnat Yisrā'el
دَوْلَةُ إِسْرَائِيلَ ފަންވަތް:Ar icon
Dawlat Isrā'īl
Flag of Israel
Flag
Emblem of Israel
Emblem
ގައުމީ ސަލާމް: Hatikvah
The Hope
Location of Israel
ވެރިރަށްJerusalem[a]
31°47′N 35°13′E / 31.783°N 35.217°E / 31.783; 35.217
ރަސްމީ ބަސްތައްHebrew, Arabic[1]
ނަސްލު ގުރޫޕުތައް
75.4% Jewish, 20.6% Arab, 4% minority groups[2]
ޑިމޮނިމްIsraeli
ސަރުކާރުParliamentary democracy[1]
• President
Shimon Peres
• Prime Minister
Benjamin Netanyahu
• Knesset Speaker
Reuven Rivlin
• Supreme Court President
Dorit Beinisch
Independence 
from British Mandate of Palestine
• Declaration
May 14, 1948
ސަރަޙައްދު
• Total 1
2077022072 km2 (0.36333 sq mi) (151st)
• Water (%)
~2%
އާބާދީ
• 2009 estimate
8,051,2002[3] (96th)
• 1995 census
5,548,523
• Density
356.8/km2 (924.1/sq mi) (34th)
ޖީޑީޕީ (ޕީޕީޕީ)2008 estimate
• ޖުމްލަ
$202.562 billion[4] (50th)
• ބޮލަކަށް ޖެހެނީ
$28,473[4] (31st)
ޖީޑީޕީ (nominal)2009 estimate
• ޖުމްލަ
$215.727 billion[4] (39th)
• ބޮލަކަށް ޖެހެނީ
$29,671[4] (29th)
ޖިނީ (2008)39.2[1]
Error: Invalid Gini value
އެޗްޑީއައި (2007) 0.935[5]
Error: Invalid HDI value (27th)
ފައިސާShekel (ފަންވަތް:Rtl-lang) (ILS or NIS)
ޓައިމް ޒޯންޔޫޓީސީ+2 (IST)
• ސަމާ (ޑީއެސްޓީ)
ޔޫޓީސީ+3 (IDT)
ޑްރައިވިންގ ސައިޑްright
ކޯލް ކޯޑް972
އައިއެސްއޯ 3166 ކޯޑްIL
އިންޓަރނެޓް ޓީއެލްޑީ.il
  1. Excluding / Including the Golan Heights and East Jerusalem; see below.
  2. Includes all permanent residents in Israel proper, the Golan Heights and East Jerusalem. Also includes Israeli population in the West Bank. Excludes non-Israeli population in the West Bank and the Gaza Strip.

އިސްރާއީލަކީ މެދު އިރުމައްޗަށް ނިސްބަތްވާ ޤައުމެކެވެ. އެހެން ޢިބާރާތަކުން ދަންނަވާ ކަމުގައިވާ ނަމަ ހުޅަނގު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް

[އުނިއިތުރު ގެންނަވާ]

އިސްރާއީލުގެ ރަސްމީ ބަހަކީ ޢިބްރީ ބަހާއި ޢަރަބި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ އިސްރާއީލީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތަލްއަބީބްއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. އެހެން ނަމަވެސް އިސްރާއީލުން މިހާރު ބުނަމުން ގެންދަނީ އެ ޤައުމުގެ ވެރިރަށަކީ ޤުދުސް ކަމުގައެވެ. މިއީ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 7 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 96 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 20770 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ il. އެވެ. ކޯލިން ކޯޑަކީ +972 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޝަކްލްއެވެ.

“އިސްރާއީލް” މި ނަމަކީ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނުގެ ނަންފުޅެކެވެ. ބަނީ އިސްރާއީލުންނަކީ ޔަޢުޤޫބުގެފާނުގެ ދަރިކޮޅު މީހުންނެވެ. އެހެންކަމުން ޔަހޫދީން އެމީހުން އުފެއްދި ޤައުމަށް “އިސްރާއީލް” އޭ ކިޔައި ނަން ދިނީއެވެ.

އިސްރާއީލުގެ އުތުރުގައި އޮތީ ލުބުނާނެވެ. އިރު އުތުރުގައި އޮތީ ސޫރިޔާއެވެ. އިރުމަތީގައި އޮތީ އުރުދުންއެވެ. ހުޅަނގު ދެކުނުގައި އޮތީ މިޞްރެވެ. އަނެއްކޮޅުން އިރުމަތީގައި އޮތީ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއެވެ. ޣައްޒާ ސްޓްރިޕް އޮތީ ހުޅަނގު ދެކުނުގައެވެ.

އިސްރާއީލު އުފެދިފައިވަނީ 1920 ވަނަ އަހަރުން 1948 ވަނަ އަހަރަށް “ބްރިޓިޝް މޭންޑޭޓް ޕަލެސްޓައިން” ގެ ގޮތުގައި އޮތް ސަރަޙައްދުގައެވެ. އެއީ ފަލަސްޠީނުގެ ޤައުމީ ޤަރާރުގައި ބުނާ ގޮތުން އެ މުޅި ސަރަޙައްދަކީ ފަލަސްޠީނުގެ ސަރަޙައްދެވެ. އެހެން ނަމަވެސް ޢާއްމު ގޮތެއްގައި މިއަދު ފަލަސްޠީނުގެ ނަމުން އިޝާރާތް ކުރެވެނީ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ފަލަސްޠީނުގެ ޢަރަބިންގެ ވެރިކަން ހިނގާ ސަރަޙައްދަށް އެކަންޏެވެ. މި ބިމަށް ނުވަތަ ފަލަސްޠީނާއި ޤުދުސް އަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބިފައިވަނީ ޖުޣުރާފީގޮތުން ފަލަސްޠީނު އޮތް ސަރަޙައްދުގެ ސަބަބުންނެއް ނޫނެވެ. ފަލަސްޠީނާއި ޤުދުސްގެ ދިގު ތާރީޚުގައި ހިނގާފައިވާ މުހިއްމު ޙާދިޘާތަކުގެ ސަބަބުންނެވެ. ސަމާވީ ދީންތަކުގެ އަހުލުވެރިން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންނާއި މުސްލިމުންގެ ގާތުގައި ފަލަސްޠީނަށް، އަދި ވަކިން ޚާއްޞަކޮށް ޤުދުސަށް ދެވިފައިވާ ޤަދަރުގެ ސަބަބުން ކޮންމެ ބަޔަކު ވެސް ދަނީ ޤުދުސުގެ ނުވަތަ ޔަހޫދީން ކިޔާ ގޮތަށް ނަމަ ޔަރޫޝަލަޔިމް (ޖެރޫސަލަމް) ގެ މިލްކުވެރިކަމަށް ދަޢުވާ ކުރަމުންނެވެ. ޔަހޫދީ ދައުލަތް އުފެދިގެން ދިޔައިރު ޤުދުސް ދެބަޔަކަށް ބައިކުރެވުނެވެ. އެއީ ހުޅަނގު ޤުދުސަށާއި އިރުމަތީ ޤުދުސަށެވެ. ޔަހޫދީ އިސްރާއީލުގެ ވެރިރަށެއްގެ ގޮތުގައި ފުރަތަމަ ކަނޑައަޅާފައި އޮތީ ހަމަ އެކަނި ހުޅަނގު ޤުދުސް ކަމުގައި ވިޔަސް، މިހާރު އިސްރާއީލުން ވަނީ އެ ޤައުމުގެ ވެރިރަށަކީ ޤުދުސް ކަމަށާއި ޤުދުސަކީ ބައިބައި ކުރެވޭނޭ ތަނެއް ނޫން ކަމަށް ކަނޑައަޅާފައެވެ. ފަލަސްޠީނު މީހުން ޤަބޫލު ކުރާ ގޮތުގައި ޤުދުސްގެ ހުޅަނގު ފަޅި އިސްރާއީލުގެ ބައެއްގެ ގޮތުގައި އޮތް ކަމުގައި ވިޔަސް އިރުމަތީ ޤުދުސް ލިބެން ޖެހޭނީ ޢަރަބިންނަށެވެ. އަދި މިނިވަން ޢަރަބި ފަލަސްޠީނުގެ ވެރިރަށަކަށް ވާންޖެހޭނީ ވެސް އިރުމަތީ ޤުދުސްއެވެ. ޤުދުސުގެ އޯލްޑް ސިޓީ ނުވަތަ ޤަދީމީ ޝަހަރު އޮތީ އިރުމަތީ ޤުދުސުގައެވެ. ޤަދީމީ ޝަހަރަކީ ސަމާވީ ދީންތަކުގެ މުޤައްދަސް ތަންތަން ހުރި ޝަހަރު ކަމަށް ވާތީ ޔަހޫދީން ވެސް އިރުމަތީ ޤުދުސް ދޫކޮށްލާކަށް އެއް ބަހެއް ނުވެއެވެ. ޔަހޫދީން ބުނާ ގޮތުގައި ފަލަސްޠީނާއި ޤުދުސަކީ އެމީހުންނަށް ﷲ ދެއްވާފައިވާ ބިމެކެވެ. އެ ތަނުގެ މިލްކުވެރިންނަކީ އެމީހުންނެވެ ތާރީޚީ ގޮތުން ބަލާއިރު ޔަހޫދީން ފަލަސްޠީނަށް ވަނީ ފަލަސްޠީނުގެ ޙަޤީޤީ ރަށްވެހިން ކަމުގައިވާ ޢަރަބީންގެ ކަންޢާނީ ދަރިކޮޅުގެ މީހުން އެ ކަރައިގައި ވަޒަންވެރިވިތާ 2850 އަހަރު ފަހުންނެވެ. އެހެނީ ފަލަސްޠީނުގައި ޢަރަބީންގެ ކަންޢާނީ ދަރިކޮޅުގެ މީހުން އުޅެން ފެށީ ޢީސާ ޢަލައިހިއްސަލާމުގެ މީލާދުގެ 4000 އަހަރު ކުރިންނެވެ. އަލްޤުދުސުއްޝަރީފު ބިނާ ކުރީ ވެސް މި ދެންނެވި ދަރިކޮޅުގެ މީހުންނެވެ. ފީނީޤީންގެ ބަހުން ފަލަސްޠީނަށް “ކަންޢާން” މި ނަން ދީފައިވަނީ ވެސް މި ސަބަބަށް ޓަކައެވެ. ފަލަސްޠީނު އާބާދުވި ފަހުން ވަޑައިގަތް ހުރިހާ ރަސޫލުންނާ ވެސް އެތަނާ ވަނީ ވަރަށް ބޮޑު ގުޅުމެއް އުފެދިފައެވެ. މި ގޮތުން ފަލަސްޠީނު ވެފައި ވަނީ ސަމާވީ ދީންތަކުގެ އަހުލުވެރިންގެ ތެރެއިން ހުރިހާ މީހުންގެ ގާތުގައި ވެސް ވަރަށް މުޤައްދަސް މަރުކަޒެއް ކަމުގައެވެ. ފުރަތަމަ ފަހަރަށް ފަލަސްޠީނުގައި ތައުޙީދުގެ ދިދަ އުފުލިފައިވަނީ ޢީސާ ޢަލައިހިއްސަލާމުގެ 2500 އަހަރު ކުރިން ޔަބޫސީ ޚާންދާނުގެ ވެރިކަމުގައެވެ. ޔަހޫދީން ފަލަސްޠީނަށް ވަދެފައިވަނީ ﷲ، މޫސާ ޢަލައިހިއްސަލާމަށާއި އެކަލޭގެފާނުންގެ ޤައުމުން އީމާންވީ މީހުންނަށް، މިޞްރުން ނުކުމެ ފަލަސްޠީނަށް ވަނުމަށް އަމުރު ކުރެއްވުމުން، އެ އަމުރުފުޅަށް ޔަހޫދީން ބީރު ކަންފަތެއް ދިނުމުގެ ސަބަބުން ކުރިމަތިވި މުޞީބާތުގައި 40 އަހަރު ވަންދެން ސަޙަރާ ތެރޭގައި މަގު އޮޅިފައިވުމަށް ފަހުގައެވެ. ޔަހޫދީން މާތް ވެގެންވާ ޤުދުސަށް ވަނީ ޢަރަބީން ފަލަސްޠީނާއި ޤުދުސް ބިނާ ކުރިތާ 3000 އަހަރު ފަހުންނެވެ. އެއީ އެ މީހުން ފަލަސްޠީނަށް ވަންތާ 150 އަހަރު ފަހުންނެވެ. މީލާދުގެ ކުރީގެ ސަނަތުން 720 ވަނަ އަހަރާއި 722 ވަނަ އަހަރާ ދެމެދު އާޝޫރީން، އިސްރާއީލީންނަށް ޙަމަލާދީ އެމީހުން ދިރިއުޅެމުން ދިޔަ ތަންތަން ހަލާކުކޮށް ފަލަސްޠީނުގެ އުތުރުން އެ މީހުން ނެރެލިއެވެ. ބަނީ އިސްރާއީލު ޤަބީލާ ތަކަށް “ގެއްލުނު ޤަބީލާ” ތަކުގެ ނަން ކިޔާފައިވަނީ މި ދުވަސްވަރު ފަލަސްޠީނުގައި “މަމްލަކަތު އިސްރާއީލް” ނުވަތަ އިސްރާއީލީ ރަސްކަން ޤާއިމުކޮށްގެން އެމީހުން ތިބި ތަނުން ބޭރުކޮށްލެވުނު ހިސާބުން ފެށިގެންނެވެ. އޭގެ ފަހުން ޢީސާއީ މީލާދުގެ 586 އަހަރު ކުރިން ބާބިލުގެ މީހުން ފަލަސްޠީނަށް ވަދެ ޤުދުސާއި ހައިކަލް ސުލައިމާން (ފަސްޓް ޓެމްޕަލް) ހަލާކުކޮށްލިއެވެ. މި ހިސާބުގައި ދިރިއުޅެމުން ގެންދިޔަ ޔަހޫދީންގެ ތެރެއިން މަރުނުވެ ބާކީ ތިބި މީހުން ފޮނުވާލެވުނީ ބާބިލަށެވެ. މީލާދުގެ ކުރީގެ ސަނަތުން 538 ގައި ފާރިސީން ފަލަސްޠީނު ފަތަޙަ ކުރުމަށް ފަހު، ފާރިސީންގެ ޢަދްލުވެރި ރަސްގެފާނު ޝެހެންޝާހު ޚުސްރޫ ނުވަތަ ޢިބްރީ ބަހުން ކިޔާ ގޮތަށް ނަމަ ކޫރުޝް (ސައިރަސް ދަ ގްރޭޓް) ވަނީ ޔަހޫދީންނަށް ފަލަސްޠީނަށް އެނބުރި އައުމުގެ ހުއްދައާއި އަޅުކަން ކުރުމަށްޓަކައި ހައިކަލެއް ބިނާ ކުރުމުގެ ހުއްދަ ދެއްވާފައެވެ. ތާރީޚީ މުޙައްޤިޤުން ވިދާޅުވާ ގޮތުގައި ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ޛުލްޤަރްނައިނި ރަސްގެފާނަކީ މިދެންނެވި ޝެހެންޝާހު ޚުސްރޫއެވެ. ޝެހެންޝާހު ޚުސްރޫއަށް ފަހު ރަސްކަމަށް އިސްވެވަޑައިގަތް ބޭފުޅެއް ކަމުގައިވާ ޝެހެންޝާހު ދާރާ ގުޝްތާސަޕް ނުވަތަ ދާރިޔޫޝް (ދާރިއަސް 1 ދަ ގްރޭޓް) ގެ ތާއީދު ލިބިގެން ޔަހޫދީން ހައިކަލެއް (ސެކަންޑް ޓެމްޕަލް) ބިނާ ކުރީ މީލާދުގެ ކުރީގެ ސަނަތުން 516 ވަނަ އަހަރުހާތާނގައެވެ. މީލާދީން 70 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ރޫމީން، އޫރު ޝަލީމާއި އެތަނުގައި ޔަހޫދީން ބިނާކޮށްފައިވާ ހައިކަލް (ސެކަންޑް ޓެމްޕަލް) ހަލާކުކޮށްލިއެވެ. ރޫމީންގެ ވެރިކަމުގެ ދަށުގައި އޮތް ފަލަސްޠީނު މީލާދީން 330 ވަނަ އަހަރުން ފެށިގެން މީލާދީން 640 ވަނަ އަހަރާ ހަމައަށް އޮތީ، މީލާދީން 330 ވަނަ އަހަރު ޤާއިމްވި “އަލްއިމްބަރާޠޫރިއްޔާ އައްރޫމާނިއްޔާ އައްޝަރްޤިއްޔާ” ނުވަތަ ބީޒަންޓައިން އެމްޕަޔަރ (އީސްޓަރން ރޯމަން އެމްޕަޔަރ)ގެ ދަށުގައެވެ. މުސްލިމުން ފަލަސްޠީނަށް ވަނީ ރޫމީންނާއި ފާރިސީންގެ އަޅުވެތިކަމުގެ ދަށުގައިވާ ޢަރަބި ބިންތައް މިނިވަންކުރި ދުވަސްވަރުގައެވެ. މުސްލިމުންގެ އެއިރުގެ ޚަލީފާ ޢުމަރު ބިން ޚައްޠާބުގެ ޚިލާފަތުގައެވެ. މުސްލިމުން ފަލަސްޠީނަށް ވަން ދުވަހަކީ މީލާދީން 12 މެއި 636 ވީ އާދީއްތަ ދުވަހެވެ. ހިޖްރީ ގޮތުން ބަލާއިރު އެ ދުވަހަކީ ހިޖްރައިން 15 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 1 ވަނަ ދުވަހެވެ. އަލްޤުދުސް މުސްލިމުންނާ ޙަވާލުކުރީ އެ ޝަހަރުގެ ބީޒަންޓައިން ގަވަރުނަރު އަދި އޮތޮޑޮކްސް ޕެޓްރިއާކް އޮފް ޖެރޫސަލަމް ގެ މަޤާމުގައި ހުރި ޕެޓްރިއާކް ސޫފްރޫނިޔޫސް އެވެ. މުސްލިމުންގެ ވެރިކަމުގެ ދަށުގައި ފަލަސްޠީނު އޮތް އިރު އެތަނުގައި ދިރިއުޅެމުން އައި އެހެން ދީން ތަކުގެ އަހުލުވެރިންގެ އެއްވެސް ޙައްޤަކަށް މުސްލިމުން އަރައިގެންފައެއް ނުވެއެވެ. މުސްލިމުންގެ އަތްދަށުގައި 15 ޖުލައި 1099 ވަނަ އަހަރާ ހަމައަށް ފަލަސްޠީނު އޮތެވެ. ދެން އެތާނގައި ވެރިކަން ހިންގަން ފެށީ ޞަލީބީންނެވެ. ޞަލީބީންވަނީ ޤުދުސްގައި ތިބި މުސްލިމުންނާއި ޔަހޫދީންގެ އިތުރުން އޮތޮޑޮކްސް ނަޞާރާއިންނާ ދެކޮޅަށް ވެސް ޤަތުލުޢާއްމު ހިންގާފައެވެ. ގާތްގަނޑަކަށް 88 އަހަރު ވަންދެން އެމީހުންގެ އަތްދަށުގައި ފަލަސްޠީނު އޮތުމަށްފަހު އެތަން ފަތަޙަ ކުރީ މަޝްހޫރު ކުރުދީ އިސްލާމީ ފާތިޙު ޞަލާޙުއްދީނު އަލްއައްޔޫބީ އެވެ. ފުރަތަމަ ބޮޑު ހަނގުރާމައާ ހަމަޔަށް ފަލަސްޠީނު އޮތީ ޢުޘްމާނީ ޚިލާފަތުގެ ދަށުގައެވެ. 1917 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ސަޙްޔޫނީންނަށް ފަލަސްޠީނުގައި މިނިވަން ދައުލަތެއް އުފައްދައި ދިނުމަށް އިނގިރޭސިން ވަޢުދުވެ މަޝްހޫރު ބަލްފޯރ ޑެކްލަރޭޝަން އިޢުލާންކުރިއެވެ. މި ޑެކްލަރޭޝަނުގެ ނަން ނިސްބަތް ކުރެވިފައިވަނީ އެއިރު އިނގިރޭސި ވިލާތުގެ ޚާރިޖީ ވަޒީރަކަށް ހުންނެވި އާތަރ ޖޭމްސް ބަލްފޯރ އަށެވެ. އިނގިރޭސީން 1917 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ޤުދުސް ހިފިއެވެ. “ލީގު އޮފް ނޭޝަންސް” އިން 1922 ވަނަ އަހަރު ބަލްފޯރ ޑެކްލަރޭޝަން ތަޞްދީޤުކޮށް ޔަހޫދީންނަށް މި ސަރަޙައްދުގައި އަމިއްލަ ދައުލަތެއް އުފައްދައިދިނުމަށް އެހީތެރިވުމުގެ ގޮތުން “މޭންޑޭޓު ފޯރ ޕަލެސްޓައިން” އިދާރީ ގޮތުން ހިންގުމުގެ ފުރިހަމަ ބާރު އިނގިރޭސީންނަށް ދިނެވެ. އިނގިރޭސީންނަށް ފަލަސްޠީނު ހިންގުމުގެ އިދާރީ ބާރު ލިބުމުން ދުނިޔޭގެ އެތަން މިތަނުގައި ތިބި ޔަހޫދީން ފަލަސްޠީނަށް ގެނެސް އާބާދުކުރުވުމުގެ މަސައްކަތް އެމީހުން ފެށިއެވެ. އިނގިރޭސީން 1922 ވަނަ އަހަރު ފަލަސްޠީނުގައި ކުރިޔަށް ގެންދިޔަ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން އެތަނުގެ އާބާދީގެ %78 އަކީ ޢަރަބި މުސްލިމުންނެވެ. ޢަރަބި ކްރިސްޓިއަނުންގެ އާބާދީ އަކީ %9.6 އެވެ. ޔަހޫދީންގެ އާބާދީއަކީ %11އެވެ. މިޢަދަދު ވަނީ 1945 ވަނަ އަހަރާ ހަމައަށް އައި އިރު ވަރަށް ބޮޑަށް ބަދަލުވެފައެވެ. މި ގޮތުން 1945 ވަނަ އަހަރު ފަލަސްޠީނުގައި ތިބި ޔަހޫދީންނަކީ އެތަނުގެ އާބާދީގެ %31 އެވެ. އިނގިރޭސީން 4 މެއި 1948 ގައި ޔަހޫދީންގެ އަތްމައްޗަށް ފަލަސްޠީނު ދޫކޮށްލިއެވެ. މިކަމުގެ އެންމެ ފަހު ނަތީޖާއަކީ 1948 ވަނަ އަހަރު މެއިމަހުގެ 14 ވަނަ ދުވަހު ދައުލަތެއްގެ ގޮތުގައި އިސްރާއީލު އުފެދުމެވެ.

ޑެމޮގްރަފިކްސް

[އުނިއިތުރު ގެންނަވާ]

އިސްރާއީލަކީ ޤައުމު ތަކުގެ ތެރެއިން ޔަހޫދީންގެ އަޣުލަބިއްޔަތު އޮތް އާބާދީއެއް އޮތް ހަމަ އެކަނި ޤައުމެވެ. އެ ޤައުމުގެ 7.5 މިލިއަން އާބާދީގެ ތެރޭގައި 5.7 މިލިޔަން ޔަހޫދީން އެބަތިއްބެވެ.

ސަގާފަތަށް ބަލާއިރުގައި ބަލްގޭރިޔާއަކީ އޭޝިޔާ އާއި ޔޫރަޕު ގުޅުވައިދޭ ފާލަމުގައި އޮތް ޤައުމެއް ކަމަށް ވެފައި ބަލްކަން ސަރަޙައްދަށް ނިސްބަތްވާ ޤައުމެއް ކަމުން ނުހުރެ ނުދާނޭ ސިފަތަކެއް ބަލްގޭރިޔާގެ ސަގާފަތުން ފެނެއެވެ.

އިސްރާއީލަކީ މެދުއިރުމަތީގައި އޮތް އެންމެ މުއްސަނދި އެއްޤައުމެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 28473 ޑޮލަރެވެ.

  1. 1.0 1.1 1.2 Cite error: Invalid <ref> tag; no text was provided for refs named cia
  2. Haaretz Service (2009-09-16). "Israel on eve of Rosh Hoshanah: Population hits 7.5m, 75.4% Jewish". Haaretz. Archived from the original on 1259837324. Retrieved 2009-12-26. ((cite news)): Check date values in: |archivedate= (help)
  3. "Selected Data from the New Israel Statistical Abstract No. 60 - 2009". Israel Central Bureau of Statistics. 2009-09-16. Retrieved 2009-10-26.
  4. 4.0 4.1 4.2 4.3 "Israel". International Monetary Fund. Retrieved 2009-10-01.
  5. "Human Development Report 2009. Human development index trends: Table G" (PDF). The United Nations. Retrieved 2009-10-10.
{{bottomLinkPreText}} {{bottomLinkText}}
އިސްރާއީލު
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?